ހއ. ތަކަންދުއަށް ލެއްގި ބޮޑުމަސް ނައްތާލުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ މަސައްކަތް ކުރަމުން ގެންދަނީ ތަކަންދޫ ކައުންސިލާ ގުޅިގެން ކަމަށެވެ.

ކުނިވެފއިވާ ބޮޑުމަހެއް ތަކަންދޫއަށް ލެއްގީ މިއަދުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ، 20 ފޫޓުގެ ބޮޑު މަހެކެވެ.

އެމަސް ލައްގާފައި ވަނީ، އެރަށު ހުޅަނގު ފަރާތަށެވެ.

ތަކަންދޫ ކައުންސިލުން ބުނީ އެމަސް ލައްގާފައިވާކަން އެނގުނީ އާއްމު ފަރާތަކުން ގުޅާފައި އެވާހަކަ ބުނުމުން ކަމަށެވެ.