ކ.ގާފަރުގައި ފުލުހުންގެ ހިދުމަތް މިއަދު ފަށައިފި އެެވެ.

ގާފަރުގައި ޕޮލިސް ޕޯސްޓެއް ގާއިމުކޮށް ހިދުމަތް ފައްޓަވާ ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. ގާފަރުގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިޔާތުގައި ކޮމިޝަނަރ އޮފް މުހައްމަދު ހަމީދާއި ފުލުހުންގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނަވި އެވެ.

މި ރަސްމިޔާތުގައި މިނިސްޓަރ އިމްރާން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފެށުމަކީ އަމާޒު ކަމަށެވެ. ގާފަރުގައި ފުލުހުން ހިދުމަތް ފެށުމާއެކު ކ.އަތޮޅުގައި ފުލުހުންގެ ހިދުމަތް ނުފެށި އޮންނާނީ އެންމެ ރަށެއްގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ރަށުގައިވެސް ވަރަށް އަވަހަށް ފުލުހުންގެ ހިދުމަތް ފެށިގެންދާނެ،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ފުލުހުންގެ ހިދުމަތުގައި އާއްމުންގެ އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ. ގާފަރުގައި ފުލުހުންގެ ހިދުމަތް ފެށިފައިވަނީ އެކަމަށްޓަކައި ގިނަ މަސައްކަތެއްކުރާތާ ގިނަ ދުވަސްތަކެއްފަހުންނެވެ.