ބޯކޮށް ވާރޭވެހި، މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ފެން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން މިވަގުތު ޕަންޕް ބަހައްޓައިގެން ފެން ހިއްކަމުންދަނީ ޣިޔާސުއްދީން ސްކޫލާއި ދިމާލު އަތިރިމަތީގައި ހުރި ބޮޑު ވަޅުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުން ގޯސް ކަމަށެވެ. އެހެންކަމުން އެ ސަރަހައްދަށް މިއަދު ހަވީރު 4:00 އިން ފެށިގެން މިރޭ 11:00އާ ހަމައަށް މިހާރު ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިވަގުތު ދަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.