ހދ. ކުޅުދުއްފުށި ސިޓީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ ކުޅުދުއްފުށި ސަވާނާ/ އަލީ ސާޖިދު އިބުރާހިމް (28އ)ގެ ބަންދުގެ މުއްދަތު ވަނީ 10 ދުވަހަށް އިތުރުކޮށްފަ އެވެ.

ކުޅުދުއްފުށި ބަރާބަރު ފިހާރާގައި މިދިއަ ބުދަ ދުވަހުގެ މެންދުރު 11:30 ހާއިރު ހިންގި މިހާދިސާގައި ޒަހަމްވެފައިވަނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. ވަޅީގެ ހަމަލާ އަމާޒުވެފައިވަނީ އޭނާގެ ކަނާތު ކަންފަތް މައްޗަށެވެ.

އެމީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ. މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.