ރައީސް ޔާމީނަށްފަހު ޢުމަރު ނަސީރު ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރުވެސް ޖަލަށް ދާންޖެހޭނޭ ކަމަށް ބުން ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރ އަހުމަދު ހަލީމް މިދިޔަ އަހަރު ވިދާޅުވި ވިދާޅުވުމަށް އުމަރު އަނެއްކާ ވެސް ރައްދު ދެއްވައިފިއެވެ.

ޢުމަރު ވިދާޅުވެފައިވަނީ އޭނާ ޖަލަށް ލުމަށް މަސައްކަތް މަސައްކަތްކުރާ މިއީ ތިންވަނަ ސަރުކާރު ކަމަށެވެ. އެހެނަސް އެކަން އެމީހުންނަށް ކާމިޔާބު ނުވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ މިދިޔައަހަރުގެ މި ދުވަހު ރައްޔިތުންގެ މަޖްލިސް ފްލޯގައި އެމް،ޑީ،ޕީ ގެ އިސް މެންބަރަކު ވިދާޅުވި ވާހަކަ،" ރައީސް ޔާމީނަށްފަހު ޢުމަރުވެސް ޖަލަށް ދާމްޖެހޭނޭ ކަމަށް ހަލީމް ވިދާޅުވި ޚަބަރުގެ ސުރުޚީއާއެކު ޢުމަރު ވިދާޅުވެފައިވެއެވެ.

"އަޅުގަޑު ޖަލަށް ލެވޭތޯ މަސައްކަތްކުރާ މިއީ 3 ވަނަ ސަރުކާރު.

އިރާދަކުރެއްވިއްޔާ އަދި އެއްވެސް ބަޔަކަށް ކާމިޔާބެއްނުވޭ. އަދި ނުވެސްވާނެ،" ޢުމަރު ވިދާޅުވެފައިވެއެވެ.

ޢުމަރުގެ މައްޗަށް ތުހުމަތުތަކެއް ކުރެވި އެކަން ތަހުގީގު ކުރުމަށްފަހު ޢުމަރާ ދެކޮޅަށް ދަޢުވާ ކޮށްދިނުމަށްއެދި އޭސީސީން ވަނީ ޕީޖީއަށް ފޮނުވައިފައެވެ. އެއާއެކު ޢުމަރު ވަނީ އޭނާގެ ރިޔާސީ ކެންޕޭނުގެ ހަރަކާތްތައް ވެސް 90 ދުވަހަށް މަޑު ޖައްސާލައިފައެވެ. އޭނާ ވިދާޅިވެފައިވަނީ ދައުލަތުގެ މަތީ މަގާމަކަށް ވަޑައިގަންނަވާ ބޭފުޅެއްގެ ފަސްބައިގައި އެއްވެސް ކިލަނބުކަމެއް ހުރުމަކީ އެއްއިރެއްގައިވެސް ބަލައިގަނެވޭނޭ ކަމެއްނޫންކަމަށެވެ.