މަންޓާ އެއަރގެ އުދުހުންތަކުގައި ބޭނުންކުރުމަށް އިތުރު ސީޕްލޭނެއް ރާއްޖެ ގެނެސްފިއެވެ.

މަންޓާ އެއަރއިން މިފަހަރު ގެނައި ސީޕްލޭންއަކީ ޑީ.އެޗް.ސީ 6 ޓްވިން އޮޓަރ މަރުކާގެ ބޯޓަކީ މަންޓާ އެއަރ އޮޕަރޭޝަނަށް ގެނައި 7 ވަނަ ސީ ޕްލޭންއެވެ.

މަންޓާ އެއަރއިން މައުލޫމާތުދޭގޮތުގައި މި ސީ ޕްލޭން ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ބ. އަތޮޅުގައި ތަރައްގީކޮށްފައިވާ ނައުޓިލަސް މޯލްޑިވްސް ރިސޯޓަށް ފަތުރުވެރިން އުފުލުމުގައި ކަމަށެވެ.

މި ސީޕްލޭން ރާއްޖެއަށް އައިސްފައިވަނީ ކެނެޑާއިން ފުރައިގެން 7 ދުވަހުގެ ދަތުރަކަށްފަހުއެވެ.މަންޓާ އެއަރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި އޮޕަރޭޓްކުރާ 3 ވަނަ އެއަރލައިންނެވެ.