ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ފަރާތުން، ދިވެހި ފުލުހުންގެ ހިދުމަތަށް ސީސީޓީވީ އިކުއިޕްމަންޓް ހަދިޔާކޮށްފިއެވެ.

މި ކަމަށްޓަކައި ކ. މާފުށި ކާނިހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެ ތަކެއްޗާ ހަވާލުވެލެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ޔޫސުފެވެ. ޔޫއެންއޯޑީސީގެ ފަރާތުން އެ ތަކެތި ފުލުހުންނާ ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ޕްރޮޖެކްޓް ސަޕޯޓު އޮފިސަރ ޖޯޝުއާ އަރޓެޓާ ގޮންޒަލޭޒްއެވެ.

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ ދެއްކެވި ވާހަކަ ފުޅުގައި، ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންނަށް ފޯރުކޮށްދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ޔޫއެންއޯޑީސީ އާއި ޖަޕާން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ޖަޕާން އެމްބަސީގެ ސާޒޭ ޑި އެފެއާޒް، މިސް ނައުމީ އަސާނޯއާއި ބައިވެރިވެލެއްވިއެވެ.