ތޫނުއެއްޗަކުން ހަމަލާދީ މާލޭގައި މީހަކު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 8:21 ގައި ކަމަށެވެ. އަދި މި ހާދިސާ ހިނގާފައިވަނީ މެހެލި ގޯޅީގަ ކަމަށެވެ.

މި ހަމަލާގައި ޒަޚަމްވެފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށެވެ.

ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.