ބޭނުންވާ ތަކެތި

250 ގުރާމު ބޯންލެސް ޗިކަން

1 ބޮނޑި ލޮނުމެދު ( 8-10 )

15 ބޭސަން ލީވް ( ތައި )

1 ފިޔާ

1 އިންޗި އިނގުރު

2 އިންޗި ގިލެންގަލް ( ތައި އިނގުރު)

5- 4 ތޮޅި މިރުސް / ތައި މިރުސް

1 ޖޯޑު ތަރުކާރީ ( ކެބެޖް،ކެރެޓް، ބްރޮކޮލީ)

1 ޖޯޑު ބީންސް ސްޕަރައުޓް

1 މޭޒުމަތީސަމުސާ ތެޔޮ

ރަހަލާވަރަށް ލޮނު

½ މޭޒުމަތީސަމުސާ ހަކުރު

4 ލުނބޯފަތް /ލުނބޯ ތޮށިކޮޅެއް ( ބޭނުންނަމަ)

4 މޭޒުމަތީސަމުސާ ސޯޔާ ސޯސް

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ލޮނުމެދާއި ފިޔާ ނޮޅާ ސާފުކުރުމަށްފަހު ބޭސަލް ލީވް އާއި އިނގުރު އަދި މިރުސް އަޅައިގެން މިކްސްޗަރގަ އެއްކޮށްލާށެވެ. އެހާ ހިމުން ނުކޮށެވެ. ދެން ތަވައަކަށް ތެޔޮ އަޅައި ހޫނުކުރުމަށްފަހު ތައްޔާރުކުރި ފިޔާ ޕޭސްޓް އަޅައި ހަނާކޮށްލާށެވެ. ދެން ކުކުޅުމަސްކޮޅު ކުދިކޮށް ކޮށާލާފައި ތަވަޔަށް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ތަރުކާރީކޮޅުވެސް އަޅާ އެއްކޮށްލާށެވެ. ދެން ސޯޔާ ސޯސްވެސް އަޅާށެވެ. ބޭނުންނަމަ، ލުނބޯ ފަތްކޮޅެއް ނުވަތަ ލުނބޯ ތޮށިކޮޅެއް އަޅައި ހަކުރުކޮޅުވެސް އަޅާށެވެ. އެއަށްފަހު ލޮނުހެޔޮވަރުކޮށް އުނދުނުގެ ގިނި މެދުމިނެއްގައި ބަހައްޓައިގެން ކުކުޅުމަސްކޮޅު ރޯފިލަންދެން ކައްކާލާށެވެ.

ނޯޓް: ތަރުކާރީގެ ތެރޭގައި އެމީހަކު ބޭނުންވައްތަރެއް ހިމެނިދާނެއެވެ.