ސަރުކާރުހިންގާ ކޯލިޝަން ދެމި އޮންނާނެ ކަމަށަ ދެކެވަޑައިނުގަނަންވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޖަޒީރާ އިން ގެެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިސަރުކާރު ދެމިއޮތަސް މި ކޯލީޝަނުން ދިވެހިރައްޔިތުންނަށް ބުނެދޭނޭ ވާހަކައެއް، ގެނެސްދޭނެ މެސެޖެއް އަދި ކިޔައި ދޭނޭ "ލަވައެއް" ވެސް ނެތްކަމަށެވެ. އެހެންކަމުން މިހާރު އޮތް ކޯލިޝަނަށް ވެސް ދެން ވެރިކަމަށް އާދެވޭނޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީ އައިފަހުން ކޮންމެ ފަސްއަހަރަކުން ފަސް އަހަރަކުން ރައްޔިތުން އަންނަނީ ވެރިމީހާ ބަދަލު ކުރަމުން ކަމަށެވެ. ރައްޔިތުން މަގުމައްޗަށް ނުކުމެ މުޒާހަރާ ނުކުރިޔަސް ވަމުންދާ ކަންކަމާއި ނުވާކަންކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން ރައްޔިތުން އިތުރު ދައުރަކަށް މިސަރުކާރަށް ވޯޓު ދޭނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ އިތުރު ދައުރެއް ބޭނުން ކަމަށްވާނަމަ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ރަނުންރަނަށް ފުއްދައިދޭންޖެހޭނޭ ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.