މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން 34 ޕްރިޒަން އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދީފިއެވެ.

އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދީފައިވަނީ މާފުށީ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ލިބުނު ކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ.

މި ރަސްމިއްޔާތުގައި ސީޕީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި ކޮމިޝަންޑް އޮފިސަރުންނާއި ކުރިއެރުން ލިބުނު އޮފިސަރުން ބައިވެރިވިއެވެ.