އައްޑޫސިޓީ ފޭދޫ އަވަށުގެ މިސްކިތަކަށް ބޮޑުކަމުދިޔަ މައްސަލައެއްގައި ހައްޔަރު ކުރި މީހާ ބަލި ހާލަތު ހުރިގޮތުން ކަމަށްބުނެ ދޫކޮށްލައިފިއެވެ.

ފުލުހުން ބުނެފައިވަނީ، އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ފުލުހުންގެ ބަންދުގައި ބަހައްޓައިފިނަމަ އޭނާއަށް ގެއްލުމެއް ލިބިދާނެތީ ޑޮކްޓަރުންގެ ލަފާގެ މަތިން، އޭނާގެ އާއިލާއާ ހަވާލުކޮށްފައިވާކަމަށެވެ.

ބޮޑުކަމު ދިޔަ މީހާ ރަނގަޅަށް ބަލަހައްޓަން އޭނާގެ އާއިލާގައި ފުލުހުން އެދިފައިވާ ކަަމަށް ވެސް މީީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ފޭދޫގެ މިިސްކިތަަކަށް ބޮޑުކަމު ދިޔަ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރީ 47 އަހަރުގެ މީހެކެވެ.