ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ ދުވަހުގެ މުނާސަބާގައި ޚާއްސަ ސޭލްއެއް ބާއްވަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ މި ސޭލް އޮންނާނީ އެ ކުންފުނީގެ އަހަރީ ދުވަސް ކަމަށްވާ 20 ޑިސެމްބަރ ގައި ކަމަށެވެ.

މި ސޭލް އަކީ ހިތްގައިމު ގިނަ ޑިސްކައުންޓްތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ހަމަ އެންމެ ދުވަހެއްގެ ސޭލް އެއްް ކަމަށާއި މި ސޭލް ކުރިޔައްދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، އެސްޓީއޯ ސުޕަރމާޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މި ސޭލްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި %15 އާއި ހަމައަށް ޑިސްކައުންޓް (އޭސީ ނޫން އެހެން ހުރިހާ މުދަލުން) ލިބޭ އިރު، ސުޕަރމާޓު ފިހާރައިން %5 ޑިސްކައުންޓް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ހޯމްއިމްޕްރޫވްމަންޓްގެ މުދަލުން %10 ޑިސްކައުންޓް ލިބޭނެ އެވެ.

މީގެ އިތުރުން ގްރޭންޑް ލަކީޑްރޯ އަށް ނަސީބު ވެރި އެއް ފަރާތަކަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 20،000 ރުފިޔާގެ ވައުޗަރ އެއް ދޭ އިރު، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ކޮންމެ 57 ވަނަ ކަސްޓަމަރަކަށް ޚާއްސަ އިނާމެއްގެ ގޮތުގައި ބައްތިރީސް އިންޗި ޓީވީއެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި އެސްޓީއޯ ސުޕަރމާޓުގެ ކޮންމެ 57 ވަނަ ކަސްޓަމަރެއްގެ ބިލް މުޅިން ހިލޭ ވާނެ ކަަމަށް ވެސް ބުންޏެވެ.