ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރަން ނިންމާފައިވާތީ އެކަމާ ގުޅޭ މައުލޫމާތު މިއަދު ޕާޓީގެ މެންބަރުންނަށް ހާމަކުރާނެ ކަމަށެވެ. ނާޒިމް ވިދާޅުވި ގޮތުގައި އެމްއެންޕީގެ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައަޅާނީ ޕާޓީ ތެރޭގައި ބާއްވާ ޕްރައިމަރީ އަކަށް ފަހު އެވެ. އަދި އެ އިންތިހާބު ކާމިޔާބު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.