މަރުވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެނައި ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ މަރުވެގެން ހޮސްޕިޓަލަށް ގެންދިޔުމުން އޮންނަ ޕްރޮޓޮކޯލްގެ ތެރެއިން ކޮވިޑަށް ޓެސްޓު ކުރިއިރު އެމީހާ ޕޮޒިޓިވްވެފައިވާ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ މީހާއަކީ 43 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

އެ މީހާގެ މަރަކީ ކޮވިޑް މަރެއްގެ ގޮތުގައި މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ. އެޗްއޯސީން ބުނީ މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ރާއްޖޭގައި މި ބަލީގައި މިހާތަނަށް 39 މީހަކު ވަނީ މަރުވެފަ އެވެ.