ބޭނުންވާ ތަކެތި

500 ގުރާމު ކުކުޅު ( ކޮށާފައި)

1 މޭޒުމަތީސަމުސާ އިނގުރު ލޮނުމެދު ޕޭސްޓު

2 މޭޒުމަތީސަމުސާ ޕްލޭން ޔޯގަޓް

1 މޭޒުމަތީސަމުސާ އަސޭމިރުސް ( މުގުރި )

2 މޭޒުމަތީސަމުސާ ލުނބޯ ހުތް

1 ކިޔުބް ބަޓަރ

3 ގްރީން ޗިލީ (ކޮށާފައި)

1 ސައިސަމުސާ ލޮނު

10 އަސޭމިރުސް (ބްލެކް ޕެޕާކޯން)

3 ކާފޫރުތޮޅި

2 ކަރަންފޫ

1 އިނޗި ފޮނިތޮށި

2 ލޮނުމެދު (ކޮށާފައި)

1 އިންޗި އިނގުރު (ޗިސްކޮށްފައި)

4 ގްރީން ޗިލީ ( ފަޅާފައި)

2 މޭޒުމަތީސަމުސާ ކޯންފުލާ

1 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް

ކޮށާފައި ހުރި ކުކުޅުތައް ސާފުކުރުމަށްފަހު ބޯތައްޓަކަށް އަޅާށެވެ. (ލެމަން ޕެޕާ ރައީސް ތައްޔާކުރާއިރު ކުކުޅުތައް ކޮށާފައި ހުންނަންވާނީ ޅިޔަ އަޅައި، އެތެރެއަށް މެރިނޭޓް ކުރާ ތަކެތި ވަންނަ ގޮތަށެވެ. ) ދެން އިނގުރު ލޮނުމެދު ޕޭސްޓް، އަސޭމިރުސް، ލޮނު އަޅައިގެން ކުކުޅުތަކުގައި އުނގުޅައި ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު މަތިޖަހާފައި 30 މިނެޓް ބަހައްޓާށެވެ. ދެން ތަވަޔަކަށް ތެޔޮ އަޅައި ހޫނުވުމުން ބަޓަރ ކިޔުބުވެސް ތަވައަށް ލައި ދިޔާކޮށްލާށެވެ. އެއަށްފަހު ފޮނިތޮށި ކާފޫރުތޮޅި އަސޭމިރުސް ގްރީން ޗިލީ އަޅާ އެއްކޮށްލާށެވެ. އެއަށްފަހު 2 ލޮނުމެދު (ކޮށާފައި) އަދި 1 އިންޗި އިނގުރު ޗިސްކޮށްލާފައި އަޅާށެވެ. އެއަށްފަހު އުނދުނުގެ ގިނި މަޑުކޮށް 2 މިނެޓެއްހާއިރު ކައްކާލާށެވެ. ދެން މެރިނޭޓްކުރި ކުކުޅު އަޅައި ހުރިހާއެއްޗެއް އެއްކޮށްލުމަށްފަހު ތަވާގައި މަތި ޖަހައިގެން، އުނދުނު ގިނި މަޑުކޮށް ބަހައްޓައިގެން 10މިނެޓު ކައްކާށެވެ. ކުކުޅުތައް ރޯފިލުމުން މަތި ނަގައި ގްރީން ޗިލީ ދެފަޅި ކޮށްފައި އަޅާށެވެ. އެއަށްފަހު ކޯން ފުލާ ފެނުގައި ގިރާލުމަށްފަހު ކުކުޅާއި އެއްކޮށްލާށެވެ. އަދި 1 ސަމުސާ މުގުރި އަސޭމިރުސްވެސް އެއްކޮށްލާށެވެ. ދެން ދޭފަތަކުން ހަލާލުމަށްފަހު ބޭނުންނަމަ ކޮރިއަންޑާ ލީވްސްކޮޅެއް އަޅައި އުނދުން ނިވާލާށެވެ.