މީހުން ދިރިއުޅޭ 17 ރަށުގެ 71 ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް މީހުން ދިރިއުޅޭ 17 ރަށެއްގެ 71 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. މިޔާއެކު މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދެމުންދާ އެނދުގެ އަދަދަކީ 1548 އެވެ.

ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ މިހާތަނަށް ދީފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ކ. ހުރާ، ކ. މާފުށި، ކ. ގުރައިދޫ، ކ. ހިންމަފުށި، ކ. ގުޅި، ކ. ތުލުސްދޫ، ބ. ކަމަދޫ، އއ. މަތިވެރި، އއ. އުކުޅަސް، އއ. ތޮއްޑޫ އެވެ. އަދި އއ. ރަސްދޫ، ވ. ފުލިދޫ، ވ. ތިނަދޫ، ނ. ފޮއްދޫ، ޏ. ފުވައްފުލުގެ އިތުރުން އައްޑޫ ސިޓީގެ ފޭދޫ އަދި މަރަދޫ ފޭދޫގެ ބައެއް ގެސްޓްހައުސްތަކެވެ.

އިކޮނޮމިކް މިނިސްޓްރީންބުނީ ގެސްޓްހައުސްތަކަށް ހުއްދަ ދޫކުރަނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށެވެ.

ލޯކަލް ޓޫރިޒަމްގެ ޚިދުމަތްދޭ ރަށްރަށުގައި ގެއިން ބޭރުގައާއި، އާއްމު ތަންތަނުގައި އުޅޭއިރު، އަނގައާއި، ނޭފަތާއި، ދަތްދޮޅި ނިވާވާގޮތަށް މާސްކް އެޅުމަށް އެޗް.ޕީ.އޭއިން ވަނީ އަންގަވާފައެވެ.