ބައިބައިވުމާއި، ނަފުރަތު އުފެދޭ ކަންކަމާއި ދުރުވެ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ އެއްބައިވަންތަ ކަމުގެ ދުވަހާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މިފަދަ ދުވަހެއްގައި ޤައުމުގައި ބައިބައިވުން އުފެދި ހަމަޖެހުން ގެއްލޭފަދަ ކަންކަމުން ދުރުވުމަށް އަޒުމް އާކުރަން ޖެހޭކަމަށެވެ. ނަފްރަތު އުފެދޭ ކަންކަމާއި ދުރުވެ، ސުލްހަވެރި ސިޔާސީ ހަރަކާތުގައި ދެމިތިބުމަކީ މިއަދު އަޒުމް އާކުރަންޖެހޭ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

”2004 ވަނަ އަހަރުގެ ސުނާމީގެ ބިރުވެރި ހާދިސާއަށް ފަހު ރާއްޖޭގައި މިއަދުވެސް ފާހަގަ ކުރާންފެށީ ދިވެހިންގެ އެއްބައިވަން ކަމުގެ ދުވަސް ގޮތުގައި. އެމްޑީޕީއާއި އެމްޑީޕީގެ ވާދަވެރިންވެސް ބައިވެރިވުމާއި، ނަފްރަތު އުފެދޭ ކަންކަމާއި ދުރުވެ، ސުލްހަވެރި ސިޔާސީ ހަރަކާތުގައި ދެމިތިބުމަށް މިއަދު އަޅުގަނޑު ގޮވާލަން.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައިސް ނަޝީދު މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު، އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަންނަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ. މިކަމާ ގުޅިގެން ނަޝީދު އަންނަނީ އެކި ޕޯޑިއަމްތަކުގައި އިދިކޮޅަށް ފާޑުކިޔަމުންނެވެ.