ސުނާމީ ކާރިސާގައި ދިވެހީން ދެއްކި އެއްބައިވަންތަކަން ނަމޫނާއަކަށް ބަލައިގެން ގައުމީކަންކަމުގައި ކުރިއަށް ދިއުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އެދި ވަޑައިގެންފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ގައުމީ އެއްބައިވަންތަ ކަމުގެދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވަމުން ކުރެއްވި ޓުވީޓެއްގައެވެ. "ސުނާމީކާރިސާގައި ދިވެހި ރައްޔިތުން ދެއްކެވި އެއްބައިވަންތަކަން ނަމޫނާއަކަށް ބަލައިގެން ގައުމީ ކަންކަމުގައި ކުރިއަށްދަމާ ހިންގަވާ،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރާއްޖެއަށް ސުނާމީ ކާރިސާ ކުރިމަތިވިއިރު ވެރިކަމުގައި ހުންނެވީ ރައީސް މައުމޫނެވެ. އެ ކާރިސާއިން އަރައިގަތުމަށްޓަކައި އެމަނިކުފާނު ވަނީ އޭރުގެ ހާލަތާ އެއްގޮތަށް އެންމެ ރަނގަޅު ފިޔަވަޅުތައް ވަގުތުންވަގުތަށް އަޅުއްވައިފައެވެ. އެގޮތުން ރައްޔިތުންގެ ހާލަތު ބެއްލެވުމަށް ޓީމުތައް ރަށްރަށަށް ފޮނުއްވިއެވެ. އަދި އެވަގުތުން ދެވެންހުރި ހުރިހާ ސަޕޯޓެއް ސަރުކާރުން ދެއްވިއެވެ.