2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުމަށް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓު އަލުން މުރާޖައާކޮށް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.މި ބަޖެޓު މަޖިލީހަށް ފޮނުވާފައި ވަނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ހޯމަ ދުވަހު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަައަޅުއްވާނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ.

ބަޖެޓު ހުށައަޅާ ނިމުމުން ކޮންމެ މެމްބަރަކަށް ބަހުސް ކުރުމަށް 15 މިނެޓު ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ހޯމަ ދުވަހަށް އިންޝުއަރެންސްގެ ބިލާއި ކޮމިޓީތަކުން ހުށައަޅާ ކަންކަމުގެ ދަށުން ވަނީ އިމިގްރޭޝަންގެ ބިލުގެ ރިޕޯޓު ހުށައެޅުން ވެސް އެޖެންޑާކޮށްފައެވެ.