ބޭނުންވާ ތަކެތި

500 ގުރާމު ބޯންލެސް ޗިކަން ( ކުދިކޮށް ކޮށާފައި)

½ ޖޯޑު ކޮރިއަންޑާ ލީވްސް

10 ލޮނުމެދު

8 ގްރީން ޗިލީ

¼ ޖޯޑު މިންޓް ލީވްސް

1 މޭޒުމަތީސަމުސާ އަސޭމިރުސް

1 އިންޗި އިނގުރު

1 މޭޒުމަތީސަމުސާ ކޮތަނބިރި

2 ސަމުސާ ކުކިންއޮއިލް

3 ބޭލީވްސް

1 ފިޔާ (ކޮށާފައި)

1 ޓޮމާޓޯ

1 ލާހި ހަނޑޫ

1 މޭޒުމަތީސަމުސާ ގަރަމް މަސާލާ

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ކޮރިއންޑާ ލީވްސް، ލޮނުމެދު، އިނގުރު، އަސޭމިރުސް، ކޮތަނބިރި، ގްރީންޗިލީ، މިންޓްލީވް މި ހުރިހާއެއްޗެއް މިކްސަރަށް އަޅައި ހިމުންސަޓަނިގަނޑެއް ތައްޔާރުކުރާށެވެ. އެއަށްފަހު ހަނޑޫކޮޅު ދޮވެލާފައި ފެން ހިއްކުމަށް ބަހައްޓާށެވެ. ދެން ތަވަޔަކަށް ތެޔޮއަޅައި ހޫނުވުމުން ފިޔާކޮޅު އަޅާށެވެ. ފިޔާ ކޮޅު ވަޅޯވުމުން ޓޮމާޓޯ ކޮށާލުމަށްފަހު ތަވަޔަށް އަޅާށެވެ. ދެން ހަނޑޫވެސް އަޅާށެވެ. އެއަށްފަހު ހަނޑޫކޮޅު ރަނގަޅަށް ހަނާވުމުން ކޮށި ކުކުޅުކޮޅުވެސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ތައްޔާރުކުރި ކޮރިއަންޑާ ސަޓަނިވެސް އަޅާއި އެއްކޮށްލާށެވެ. ދެން ½ 1 ސަމުސާ ލޮނު އަދި ގަރަމް މަސާލަ ކޮޅު އެޅުމަށްފަހު ދެޖޯޑު ފެން އަޅައިގެން ބަތްކޮޅު ކައްކާ ހިންދާލާށެވެ.