އައްޑޫ ސިޓީ މޮނީޓަރިން ހާލަތުން ނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭއިން މޮނިޓަރިންގެ ހާލަތަށް އެންމެގިނަ ދުވަސްތަކެއް ވަންދެން ގެނެސްފައި އޮތީ އައްޑޫގެ އަވަށްތަކެވެ. އެގޮތުން އޮގިސްޓް 28 ވަނަ ދުވަހުން ފެށިގެން ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫފޭދޫ، ސ. ފޭދޫ މޮނީޓަރިން ހާލަތަށް ގެނައިރު ސެޕްޓެމްބަރު ހަތަރު ވަނަ ދުވަހުން ފެށިގެން ސ. ހުޅުމީދޫ، އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމުގައި ބުނީ މޮނީޓަރިން ހާލަތު ދަމަހައްޓަންޖެހޭ ސަބަބެއް މިހާރު ނެތް ކަމަށެވެ. އަދި މޮނީޓަރިން ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް ނިމުމަކަށް އައިސްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އައްޑޫގެ މޮނީޓަރިންގެ ހާލަތު އުވާލަން ނިންމިއިރު، އައްޑޫގައި ކޮވިޑްގެ 45 އެކްޓިވް ކޭސް އުޅޭ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިން ބުނެ އެވެ. އަދި ހަތަރު މީހަކަށް ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން ވަނީ 12 މީހަކު ނިޔާވެފަ އެވެ.