ބޯވަ ނަގަން އިއްޔެ މޫދަށް ފޭބި ހދ. ކުމުންދޫ އަރާއިރު، ޝުރޭހް ޙަސަން އަދިވެސް ނުފެންނަ ކަމަށް ކޯސްގާޑުން ވިދާޅުވެއްޖެއެވެ. އުމުރުން 21 އަހަރުގެ ޒުވާނާ ގެއްލުނުކަމުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ލިބިފައިވަނީ އިއްޔެ ހެނދުނު 8:58 އެހައިކަންހައިރު އެވެ. އެންމެފަހުން އޭނާ ލައިގެންހުރީ އަޅި ޓީޝާޓަކާއި ކަޅު ސޯޓެއް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުުން ވިދާޅުވިއެވެ.

އެޒުވާނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ކޯސްޓް ގާޑުން ވަނީ ޑައިވްކޮށްގެން، 55000 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައެވެ. އޭގެއިތުރުން ސްނޯކްލިން ކޮށްގެން 36000 އަކަމީޓަރު ބަލާފައިވާކަމަށް އެމްއެންޑީއެފުުން ވިދާޅުވިއެވެ.