މަރުވެފައި އޮތް މީހަކު މާފަނުން ގެއަކުން ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މަރުވެފައި އޮތްވައި ފެނިފައިވަނީ އުމުރުން 44 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެގެއަށް މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ޖެނުއަރީ ދެވަނަ ދުވަހުގެ ރޭ 9:02 ގައެވެ. އޭނާ މަރުވެފައިވާ ކަމަށް ވިދާޅުވީ އެ ސީން އަށް ދިޔަ ފުލުހުންގެ ޓީމުގައި ހިމެނޭ ޑޮކްޓަރު ކަމަށް ވެސް ފުލުހުންގެ މީޑިއާއިން ވިދާޅުވެފައިވެއެވެ.

އެއީ ދިވެއްސެއްތޯ ނުވަތަ ބިދޭސީއެއްތޯ ވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.