އަމިއްލަ ދަރިފުޅަށް އަނިޔާކުރި ބައްޕައެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ، ހުޅުމާޅޭގައި 21 އަހަރުގެ ދިވެހި އަންހެނަކަށް ގެވެށި އަނިޔާކޮށްގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށެވެ.

ޖެންޑަރ މިނިސްޓްރީއާ ގުޅިގެން ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

އަނިޔާވި މީހާ އަށް ބައްޕަ ހަމަލާދިނީ ގޭތެރޭގައި ހިނގި ޒުވާބަކަށް ފަހު ކަމަށް އެނގިފައިވެ އެވެ. މި އަނިޔާއާއި ގުޅިގެން އަންހެން މީހާގެ މޭކަށިގަނޑުގައި ރެނދުލާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.