ހުޅުމާލެ އޯޝަންފްރޮންޓް ރެސިޑެންސްގެ ސްވިމިން ޕޫލަށް ވެއްޓުނު ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހަވީރު 17:10 ހާއިރު ކަމަށާއި އަދި 17:40 ހާއިރު އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.