އެމެރިކާގެ މަރުކަޒީ ބެންކުގެ މިލްކުވެރިކަން އޮންނަނީ ފަސް އާއިލާއަކަށް ކަމަށް ތުރުކީވިލާތުގެ މާލީ ވަޒީރު ވިދާޅުވެއްޖެއެވެ. ތުރުކީ ރައީސް އަލަށް އައްޔަން ކުރައްވާފައިވާ މާލީ ވަޒީރު ނޫރުއްދީން ނަބާތީ، ސީއެންއެންގެ ތުރުކީ ސާވިސްގައި ދެއްކެވި ވާހަކަތައް ދުނިޔޭގެ އިކޮނޮމިސްޓުން ވަނީ ކުށްވެރި ކޮށްފައެވެ. ޖީ20ގައި ހިމެނޭ ގައުމެއްގެ މާލީ ވަޒީރަކު މިފަދައިން ވާހަކަ ދެއްކުމަކީ ބަލައި ގަނެގެންވާނެ ކަމެއް ނޫން ކަމަށާއި މިއީ ތުރުކީން ލަދު ގަންނަން ޖެހޭފަދަ ވާހަކައެއް ކަމަށްވެސް ބުނެފައި ވެއެވެ.

ނަބާތީ ދެއްކެވި ވާހަކައަކީ ދުނިޔެއަށް ޔަހޫދީން ވެރިވެގަނެގެން އުޅޭކަމަށް ބުނާ މީހުން ޒަމާނުއްސުރެން ދައްކަމުން އަންނަ ވާހަކައަށް ބާރު ލިބޭ ވާހަކައެކެވެ. އެމެރިކާއިން ބުނާ ގޮތުގައި އެގައުމުގެ މަރުކަޒީ ބެންކު ނުވަތަ ފެޑެރަލް ރިޒާވްއަކީ ރައްޔިތުންގެ މިލްކުވެރިކަން އޮންނަ ދައުލަތުގެ ބާރު ހިނގާ ދައުލަތުގެ މުއައްސަސާއެކެވެ. ދެފަރާތުން ދައްކާ ވާހަކަތަކަކީވެސް ބުރަދަން ހުރި ވާހަތަކެކެވެ. އަދި ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ ވާހަކަތައް ނަފީ ކުރެވޭފަދަ ކާފީ ހެއްކެއްވެސް އެމެރިކާ ސަރުކާރަކަށް ނުދެއްކެއެވެ.

ސިއްރިއްޔާތުން ފުރިގެންވާ އެމެރިކާގެ މާލީ ނިޒާމު ޔަހޫދީ އާއިލާތަކުން ކޮންޓްރޯލު ކުރާކަމީ ސިއްރެއް ނޫނެވެ.

އެމެރިކާގެ ފެޑެރަލް ރިޒާވްގެ މިލްކުވެރިކަން އޮންނަ ފަސް އާއިލާކަމަށް ބުނެވޭ ފަރާތްތަކަކީ ޔަހޫދީ ރޮޗައިލްޑް އާއިލާއާއި ލެހްމަން ބްރަދާޒްއާއި ލެޒާރޑް ބްރަދާޒްއާއި ގޯލްމަން ސަޗްއާއި ވަރބަރގްޒްއާއި ލެއޮބް އެވެ.

މިއާއިލާތަކަކީ އެމެރިކާއާއި ޔޫރަޕްގެ މާލީ ނިޒާމުގައި މިދިޔަ ގަރުނުގައި ނުފޫޒު ގަދަކޮށް ތިބި ބައެކެވެ.

އެމެރިކާގެ ފެޑެރަލް ރިޒާވްއިން ބުނާ ގޮތުގައި މި ބަންޑާރަ ބެންކު އުފެދުނީ 1913ގައެވެ. މިއީ ބަންޑާ ބޭންކެއް ނޫންކަމަށް ބުނާ ފަރާތްތަކުން ބުނަނީ، މި ބެންކު އުފެދިފައި ވަނީ އަމިއްލަ 12 ބެންކެއްގެ މައްޗަށް ކަމަށެވެ. އެ 12 ބެންކަކީ އެމެރިކާގެ މަރުކަޒީ ބެންކުން މާލީ ފައިދާ ލިބިގަންނަ 12 ބެންކެވެ.

އެމެރިކާގެ މަރުކަޒީ ބެންކުން ޑޮލަރު ޗާޕް ކުރުމުގެ މައްސަލައަކީވެސް ޚިޔާލު ތަފާތު ވެފައި، ވާނުވާ ނޭނގުމެއްގެ ތެރޭގައި އޮންނަ މައްސަލައެކެވެ. ކޮވިޑް19އާ ގުޅިގެން ގިނަ ގައުމުތަކުން ފައިސާ ޗާޕް ކޮށްފައިވާ އިރު އެމެރިކާއިން ގެންގުޅޭ ޑޮލަރުގެ ފަސްބައިކުޅަ އެއްބަޔަކީ ހަމައެކަނި ކޮވިޑް19ގެ ތެރޭގައި ޗާޕްކޮށްފައިވާ ފައިސާއެވެ.