ގޫގަލް "ލޫން ޕްރޮޖެކްޓް" ގެ ބެލޫނެއް އަނެއްކާވެސް ރާއްޖޭގެ ސަރަހައްދަށް ވެއްޓިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ވެއްޓުނު ބެލޫން ވެއްޓިފައި ވަނީ، ގދ ވާދޫ އާއި ދިމާއިން ބޭރުން މާކަނޑަށެވެ. ހުސްވި އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުވެސް ގޫގަލް "ލޫން ޕްރޮޖެކްޓް" ބެލޫންއެއް، ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށް ވަނީ ވެއްޓިފައެވެ.

އެމްއެންޑީއެފުން ބުނީ އެ ބެލޫން ވެއްޓެމުންދާ ކަމުގެ މައުލޫމާތު، އިއްޔެ ހެނދުނު 8:30 ގައި ލިބުމާއި ގުޅިގެން، އެމްއެންޑީއެފް މާލެ އޭރިޔާގެ އޮޕަރޭޝަންސް ސެންޓަރާއި، ސިވިލްއޭވިއޭޝަން އޮތޯރިޓީ އާއި އެއަރ ޓްރެފިކް ކޮންޓްރޯލް ގުޅިގެން އެސަރަހައްދު މޮނީޓަރ ކުރަމުން ދިޔަ ކަމަށެވެ. އަދި ވެއްޓުނު ބެލޫން ރާއްޖޭގެ ލޯކަލް އެޖެންޓާއި، ހަވާލުކުރުމަށް އެމްއެންޑީއެފް އިން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.