ފ. ފީއަލިން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ “އަލަމާ 5” ދޯނި ވ. އަތޮޅު ފުއްސަރު ފަޅާ ދިމާލު ހަތަރު ނޯޓިކަލް މޭލު ބޭރުން މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ދޯނި ދިޔަވެ، އަޑިއަށް ގޮސް އޭގެން އޭގެއިން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ފެނިއްޖެ އެވެ.

އެ ދޯނިން ގެއްލިފައިވަނީ ކ. ގުރައިދޫ/ ނަލަވާ، އާދަމް ޝަފީޤް (32އ) އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަސަދުލް އިސްމާލް (37އ) ގެ އިތުރުން އިތުރު ބިދޭސީއެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ފެނިފައިވަނީ ދޯނީގައި ތިބި ދެ ބިދޭސީންނެވެ.

މި ދޯނި ވ.ފުއްސަރުގެ ހުޅަނގު ދެކުނުން ހަތަރު ވަރަކަށް ނޯޓިކަލް މޭލުން ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ 23:22 ހާއިރު އެވެ.

މިދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.