އައްޑު ސިޓީ އާއި ތ. އަތޮޅުގައި ސިފައިންގެ ތަމްރީނުތަކެއް ބާއްވަން ނިންމައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ތ. އަތޮޅުގައި ތަމްރީނުތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އެލާ، ވޭމަންޑޫ، ތިމަރަފުށި، ގުރައިދޫ އަދި ދިޔަމިގިލީގައެވެ. އަދި މި ތަމްރީންތައް ކުރިއަށް ގެންދާނީ މި މަހުގެ 15 އިން 22 އަށް ކަމަށެވެ.

އައްޑޫސިޓީގައި ކުރިއަށް ގެންދަން ހަމޖެހިފައިވާ ތަމްރީންތައް ކުރިއަށް ގެންދަނީ އެ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި އެ ތަންތަނާ ގުޅިފައިވާ ކަނޑުގެ ސަރަހައްދުގައި ކަމަށާއި މި ތަމްރީންތައް ކުރިއަށް ގެންދާނީ މި މަހުގެ 10 އިން 14 އަށް ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރި ވާނެ ކަމަށާއި ސިމިއުލޭޝަންގެ ގޮތުގައި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރާނެ ކަމަށެވެ. އެހެންވެ، މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފައެވެ.