ބޭނުންވާތަކެތި

800 ގުރާމު ކުކުޅު

1 މޭޒުމަތީސަމުސާ ޕިކްލް އޮއިލް

ރަހަލާވަރަށް ލޮނު

3/1 ޖޯޑު ކާޑް/ ޕްލޭން ޔޯގަޓް

3 ފިޔާ

1 މޭޒުމާތީސަމުސާ އިނގުރުލޮނުމެދު ޕޭސްޓް

2 ތޮޅި މިރުސް

1 މޭޒުމަތީސަމުސާ ދަވިއްގަނދު

½ މޭޒުމަތީސަމުސާ ދިރި

½ މޭޒުމަތީސަމުސާ އޯބަތް

½ މޭޒުމަތީ

½ މޭޒުމަތީސަމުސާ މަސްޓަޑް ސީޑް

2 ހިކިމިރުސް

½ ނެގިއްލާ ސީޑް

1 މޭޒުމަތީސަމުސާ ކޮތަނބިރި

1 މޭޒުމަތީސަމުސާ މެންގޯ ޕައުޑަރ (އަނބު ހިއްކާ މުގުރާފައި)

¼ މޭޒުމަތީސަމުސާ ހަކުރު

3 ގްރީން ކެޕްސިކަމް

2 މޭޒުމަތީސަމުސާ މަސްޓަޑް އޮއިލް

1 މޭޒުމަތީސަމުސާ މުގުރި މިރުސް

½ ޖޯޑު ފެން

ތައްޔާރުކުރާނެގޮތް

ކުކުޅު ކުދިކޮށް ކޮށުމަށްފަހު ރަނގަޅަށް ދޮވެލާށެވެ. އެއަށްފަހު ބޯތައްޓަކަށް އަޅާށެވެ. ދެން ޔޯގަޓާއި ލޮނު އަސާރަ ތެޔޮ އަޅައި މެރިނޭޓް ކުރަން ބަހައްޓާށެވެ. އެއަށްފަހު ހަވާދުގެ ބާވަތްތައް ހަނާކޮށްލާށެވެ. ހިކި މިރުސްވެސް އަޅައިގެންނެވެ. ދެން ހަނާކުރި ހަވާދުކޮޅު މިކްސަރުން މުގުރާލާށެވެ. އެއަށްފަހު ކުޑަ ލޮނުކޮޅަކާއި މެންގޯޕައުޑަރ އަޅާ އެއްކޮށްލާށެވެ. ދެން ކްޕްސިކަމް ތައް ފަޅާލުމަށްފަހު އެތެރޭގައިވާ އޮއްތައް ނަގައި ކެޕްސިކަމްގެ އެތެރެއަށް މުގުރި ހަވާދު އަޅާށެވެ. އެއަށްފަހު މައްޗަށް ލޮނުކޮޅެއް ބުރުވާލާށެވެ. ދެން ތަވަޔަކަށް މަސްޓަޑް އޮއިލް 2 ސަމުސާ އެޅުމަށްފަހު ތެޔޮފޮދު ހޫނުކޮށްލާށެވެ. ތެޔޮފޮދު ހޫނުވުމުން ކެޕްސިކަމްތައް އަޅައި ފުށުން ޖަހަމުން ތެއްލާލާށެވެ. ކެޕްސިކަމްތައް ތެއްލެވުމުން ނަގާ އެ ތެޔޮ ފޮދަށް 3 ފިޔާ ކޮށާލާފައި އަޅާށެވެ. އަދި އިނގުރު ލޮނުމެދު ޕޭސްޓްވެސް އަޅާށެވެ. ( އިނގުރު ލޮނުމެދު ޕޭސްޓް ހަދާއިރު ތޮޅިމިރސްވެސް އަޅަންވާނެއެވެ.) ފިޔާކޮޅު ވަޅޯވުމުން ތައްޔާރކުރި ހަވާދުގެ ބާކީ ހުރިބައި އަޅާށެވެ. އަދި މުގުރި މިރުސްވެސް އަޅާށެވެ. ދެން މެރިނޭޓްކުރި ކުކުޅު އަޅާ ރޯފިލުވާލާށެވެ. އެއަށްފަހު ތެއްލި ކެޕްސިކަމްވެސް އަޅާށެވެ. ދެން ބޭނުންނަމަ ކުޑަ އަސާރަ އޮއިލް ފޮދެއް އަޅާށެވެ. އަދި ½ ފެންވެސް އަޅައި 2 މިނެޓެއްހާއިރު ކެއްކުމަށްފަހު އުނދުންމަތިން ބާލާށެވެ.