ޕާކިސްތާންގައި އޮޕަރޭޓް ކުރާ އިސްލާމިކް ސްޓޭޓްގެ ޓެރަރިސްޓުން ތަކަކާއި ސަލާމަތީ ބރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކެއް ގައި ޓެރަރިސްޓުންގެ ހަ މީހަކު މަރާލައިފިއެވެ.
ޕާކިސްތާންގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމެންޓުން ބުނިގޮތުގައި އިސްލާމިކް ސްޓޭޓުން ވަނީ ޕާކިސްތާންގައި ޓެރަރިސްޓް ހަމަލާތަކެއް ދިނުމަށް ރާވާފައެވެ.
ޓެރަރިސްޓުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުން ހިނގީ ކުއެޓާގައެވެ.
ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުން ބުނިގޮތުގައި މިމީހުންގެ އަތުން ގިނަ އަދަދެއްގެ ހަތިޔާރުވެސް އަތުލައި ގަނެފައި ވެއެވެ.