ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މާލޭގައި އަމާންކަން ގާއިމު ކުރުމަށް ސަލާމަތީ ބާރުތަކުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

އެމްއެންޑީއެފުން ބަޔާނެއް އާއްމުކޮަށް ބުނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީން ކުރުމުގެގޮތުން ފުލުހުންގެ އެދުމަށް ސިފައިންގެ އެހީތެރިކަމާއެކު އޮޕަރޭޝަނެއްް ފަށާފައިވާ ކަމަށެވެ.

އޮޕަރޭޝަނަށް ސިފައިންނާއި ފުލުހުން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.

މިއީ ”ގުޅިގެންނަމުގައި ކުރިޔަށް ގެންދާ އޮޕަރޭޝަނެކެވެ.

އޮޕަރޭޝަނާއި ގުޅޭގޮތުން ކަމާއި ގުޅުން ހުރި އެއްވެސް އިދާރާއަކުން މައުލޫމާތު ހިއްސާއެއް ނުކުރެ އެވެ.

މި އޮޕޜޭޝަން ފަށާފައި ވަނީ، ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ވިލިމާލެއިން މީހަކު ހައްޔަރު ކުރިތާ ގިނަ ދުވަހެއް ނުވެ އެވެ. ވިލިމާލޭގައި ފުލުހުން ހިންގި އެއޮޕަރޭޝަނުގައި ދިވެހި ފިރިހެނެއް ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ޑިވައިސް ފުލުހުން ހޯދިކަމަަށް ވެއެވެ. އެހެންކަމުން މި އޮޕަރޭޝަން އެ ތަހުގީގާއި ގުޅިފައިވުން އެކަށީގެން ވެއެވެ.