ތުރުކުމާނިސްތާނުން ޖަހަންނަމްގެ ދޮރު ބަންދުކުރަން ނިންމައިފިއެވެ. މީގެ 50 އަހަރު ކުރިން ތުރުކުމާނިސްތާނުން ގޭސްނަގަން ކުރި މަސައްކަތުގައި ހެދުނު ވަޅުގަނޑުގައި ރޯވި އަލިފާން މިއަދާހަމައަށްވެސް ނިންވާލެވިފައެއް ނުވެއެވެ.
ސޮވިއެތް ޔޫނިއަންގެ ދުވަސްވަރުވެސް މި އަލިފާން ގަނޑު ނިންވާލަން މަސައްކަތް ކުރިއެވެ. އެކަމަކު ކާމިޔާބެއް ނުވިއެވެ.
ފަތުރުވެރިން ޒިޔާރަތް ކުރާ މަގުބޫލު މި ވަޅުގަނޑަށް ތުރުކުމާނިސްތާން މީހުން ނަން ދީފައި ވަނީ ޖަހަންނަމައިގެ ދޮރުންނެވެ.
ތުރުކުމާނިސްތާންގެ ރައީސް ގުރުބާން ގަލީ މުހައްމަދޯފް ވަނީ ބައިނަލްއަގްވާމީ އެހީ ހޯދައިގެންވެސް މި އަނިފާން ގަނޑު ނިއްވަން މަސައްކަތް ކުރުމަށް އަންގަވާފައެވެ. އޭނާ ވިދާޅުވީ މީގެ ސަބަބުން ގައުމަށް ގެއްލުން ލިބި ހިސާބުގެ މީހުންނަށް ސިއްޙީ ނުރައްކަލާ ކުރިމަތި ވަމުންދާ ކަމަށެވެ.