ސައޫދީ އަރަބިއްޔާގައި ނިވާކަން ކުޑަ ހެދުމުގައި މަގުމަތީގައި ސާމްބާ ޑާންސަރުންތަކެއް ނަށައި އުޅުނު މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.
ސައޫދީ ޖާޒާންގެ ފިނި މޫސުމްގެ ފެސްޓިވަލްގައި ބްރަޒީލްގެ ސާމްބާ ޑާންސްގައި އަންހެން ކުދިންތަކެއް އެމީހުންގެ ފަރި ހަރަކާތްތައް ދައްކާފައި ވަނީ ބަނޑާއި އަތާއި ފައި ފެންނަ ގޮތަށް ނިވާކަން ކުޑަ ހެދުމުގައެވެ.
ސަރުކާރު ޓީވީ އަލްއަޚްބާރިއްޔާއިން ވެސް ވަނީ މި ޑާންސްގެ މަންޒަރުތައް ދައްކާފައެވެ. ނަމަވެސް ބަރަހަނާކަން ކުޑަ ހިސާބުތައް ހުރީ ފަނޑުކޮށްފައެވެ.
ޖާޒާމްގެ މަގުމަތީގައި ފާޅުކޮށް ބްރަޒިލް ކުދިންގެ ޑާންސް ބާއްވާފައިވާ މައްސަލާގައި މީސްމީޑިއާގައި މީހުން ސަރުކާރަށް ފާޑު ކިޔަމުންދާތާ މިހާރު ހަފްތާއެއް ވެއްޖެއެވެ.
ޖާޒާންގެ ގަވަރުނަރު އަމީރު މުޙައްމަދު ބިން ނާސިރު ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައެވެ.
ސައޫދީ އަރަބިއްޔާއަކީ އާބާދީގެ ތިން ބައިކުޅަ ދެބައި އުމުރުން 30 އަހަރުގެ އާބާދީއެއް އޮންނަ ގައުމެކެވެ.