ޖަޕާނުގައި ބޮޑު އަގުގައި ކަންނެއްޔެއް ވިއްކާލައިފިއެވެ. ޓޯކިޔޯގެ މަސް މާރުކޭޓުގައި ނީލަން ކިޔައިގެން މި މަސް ވިއްކާލާފައި ވަނީ ހޯލްސޭލް ކުރާ ފަރާތަކަށެވެ.

މި ކަންނެލި ވިއްކާފައި ވަނީ 155 ހާސް ޑޮލަރަށެވެ.

މިސޮރުގެ ބަރުދަނުގައި 211 ކިލޯ ކިލޯ ހުރިކަމަށް ވެއެވެ. މި މަސް ބާނާފައި ވަނީ ޖަޕާނުގެ އޯމާ ސަރަހައްދުންނެވެ. މިއީ ބޮޑު ސައިޒުގެ ކަންނެލި ބާނަން މަޝްހޫރު ހިސާބެކެވެ.

2019ގައި ޖަޕާންގައި ޓޫނާއެއް 3.1 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާފައި ވެއެވެ.