ކޮލޮމްބޯ ވެލިކަޑަ ޖަލުގައި މީހުން މެރުމުގެ ކުށުގައި ކުރީގެ ޕްރިޒަންސް ކޮމިޝަނަރއަށް މަރުގެ ނިޔާ މިއަދު އިއްވައިފިއެވެ. ކޮލޮމްބޯ ހައިކޯޓުން މިއަދު ކޮށްފައިވާ ޙުކުމް ގައި ކުރީގެ ޖަލު ކޮމިޝަނަރ އެމިލް ރަންޖަން ލަމަހެވާއަށް މަރުގެ ނިޔާ އިއްވާފައި ވަނީ ބަޑި ޖަހައި އަށް ގައިދީއަކު މަރާލުމުގެ ކުށުގައެވެ.

މިމައްސަލާގައި ބަންޑާރަ ނާއިބް އޮފީހުން ދައުވާ އުފުލި ކުރީގެ ޕޮލިސް ކޮމިޝަނަރ ވަނީ ހުރިހައި ކުށަކުން ބަރީއަ ކޮށްފައެވެ.

2012 ނޮވެމްބަރުގައި ވެލިކަޑަ ޖަލުގައި ހިނގި ހަމަނުޖެހުމުގައި 27 ގައިދީން މަރުވިއެވެ. ނަމަވެސް ޕްރިޒަންސް ކޮމިޝަނަރގެ މައްޗަށް ސާބިތުވީ އަށް މީހަކު މެރި ކަމަށެވެ.