ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލިުހުން ބުނީ، ޑޮލަރު ވިއްކަން އުޅުނު ބިދޭސީ ފިރިހެނެއް މިމަހުގެ 11 ވަނަ ދުވަހު ހައްޔަރުކޮށްފައިވާކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ކުށުގެ އަމަލު ހިންގަމުން ދަނިކޮށްކަމުގައި ފުލުހުން ބުނެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ، އުމުރުން 28 އަހަރުގެ އެމްޑީ މަނިކް މިއާ ނަމަކަށް ކިޔާ އެ މީހެކެވެ.

އޭނަގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާފައިވާއިރު ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.