ރާއްޖޭގެ ހުރިހާރަށަކަށްވެސް ކްރޯނާވައިރަސްގެ ވޭރިއަންޓް އޮމިކްރޯން ދަތުރުކުރާނެކަމަށް ކުޑަކުދިންގެ ޑޮކްޓަރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ. މިއަދުގެ ވަގުތެއްގައި ޑޮކްޓަރ ފައިސަލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް މި ވައިރަސް ދަތުރުކުރާނެ ކަމަށެވެ. އަދި އެންމެންވެސް މިއަށް ހުށަ އެޅޭނެކަމަށެވެ. އަދި މަސައްކަތްކުރަންވީ އެ ނުޖެހި ސަލާމަތްވެވޭތޯއެވެ.

އޮމިކްރޯން ވައިރަސް މިހާރު ރާއްޖޭގެ ބައެއް އަތޮޅުތަކުން ފެނިއްޖެއެވެ. މާލެއާއި ރާއްޖޭގެ ރަށްރަށުގައި ގޮވިޑް 19 ބަލިޖެހޭ މީހުން އިތުރުވަމުންދާތީ އެޗްޕޭއޭ އިން މިހާރުވަނީ ފިޔަވަޅުތައް ހަރުދަނާކޮށްފައެވެ. އެގޮތުން މަލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ މީހުން ޕީސީއާރު ޓެސްޓު ހެދުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި ވެކްސިން ނުޖަހާ ރަށްރަށަށް ދަތުރުކުރާ މީހުން ކަރަންޓީނުވާން ޖެހެއެވެ.

ކްރޯނާ 19 ގެ އޮމިކްރޯން ދުނިޔޭގެ ގިނަގައުމުތަކުގައި ހަލުވިމިނެއްގައި ފެތުރެމުން އެބަ ދެއެވެ. ރާއްޖެއިންވެސް މި ވައިރަސް ފެނި މިހާރު 8 ދިވެހިން އޮމިކްރޯނަށް ޕްޒެޓިވް ވެފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއްވާފައި ވެއެވެ.