ބޭނުންވާ ތަކެތި

4 ޖޯޑް ފްލްކްރީމް މިލްކް

1 ބޮޑު ކެރެޓް

1 ޖޯޑް އަލަނާސި ( ދަޅު އަލަނާސި )

2 ސަމުސާ ކޯން ފްލާ

2 ސަމުސާ ހަކަރު

1 ޖޯޑު ގެރިކިރު

½ ޖޯޑު ފެން

ތައްޔާރުކުރާނެގޮތް

އެންމެފުރަތަމަ ކެރެޓް ރަނަގަޅަށް ދޮވެލުމަށްފަހު މަށާލާށެވެ. އެއަށްފަހު ކެރެޓް އެއްކޮށް ގާނާށެވެ. ދެން ކަސްޓަޑް ކައްކާ ތެއްޔަށް ބައިޖޯޑު ފެން އެޅުމަށްފަހު އުނދުންމައްޗަށް އުދާށެވެ. ފެންފޮދަށް ހޫނުވުމުން ގޭނި ކެރެޓް ކޮޅު އަޅާ ކައްކަލާށެވެ. 5 ވަރަކަށް މިނެޓް ކެކުމުން ހަކުރާއި ފުލްކްރީމް އަޅާށެވެ. އަދި ފުލްކްރީމް ފޮދެއްގައި ގިރުވާލުމަށްފަހު ކޯންފްލާވެސް އަޅާށެވެ. ދިހަ ވަރަކަށްމިނެޓް ކެކުމުން ގެރިކިރު އަޅައި، އޮލަވަންދެން ކައްކާލާށެވެ. ދެން ކަސްޓަޑް ތެލި އުނދުންމަތިން ބޭލުމުގެކުރިން 1 ޖޯޑު އަލަނީސި ކޮށާފައި އަޅާށެވެ. އަލަނާސި އަޅާނީ ފެން ހުސްކޮށްފައެވެ. ދެން ބޭނުންވާ ތައްޓަކަށް ކެއްއްކި ކަސްޓަޑު އޮއްސާލާށެވެ.

ކަސްޓަޑް ތަށި ރީތިކޮށްލަން ބޭނުންނަމަ ނަޓްސް، ނޫނީ މޭވާ އަދި ތަރުކާރީ ބޭނުންކޮށްގެން ރީތި ގޮތަކަށް އަތުރާލެވިދާނެއެވެ.