ޕާކިސްތާނުން ފުރަތަމަ ފަހަރަށް ގައުމީ ސަލާމަތާ ބެހޭ ސިޔާސަތެއް އިފްތިތާހުކޮށްފި އެވެ. ޤައުމީ ސަލާމަތާބެހޭ ސިޔާސަތަކީ، 7 އަހަރު ދުވަހުގެ ތެރޭގައި، އެކި ދާއިރާތަކުން ސިޔާސަތުތައް ބައްޓަންކޮށް، ވަށާޖެހޭ އޮނިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ ސިޔާސަތެކެވެ. މި ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި ލިސްޓްކޮށްފައި ވަނީ ޕާކިސްތާންގައި އިގްތިސޯދީ ދާއިރާއިން ސަލާމަތާއި ރައްކާތެރިކަން ހޯދުމަށެވެ.
110 ސަފްހާގެ މި ސިޔާސަތާ ބެހޭ ޑޮކިއުމެންޓް ސިއްރު ކުރެވިފައި އޮތް ނަމަވެސް އާންމުންނަށް ފަސޭހައަކަށް ލުއި ޑޮކިއުމެންޓެއް ހާމަ ކުރާނެއެވެ. މިއީ އިގްތިސާދީ ގޮތުންގައުމު ބާރު ވެރިކުރުމުގެ މަގްސަދުގަައި އެކުލަވާލާފައިވާ ސިޔާސަތެއް ކަމަށް ބޮޑު ވސަސޒިރު އިމްރާން ޚާން ވިދާޅުވިއެވެ.
މިދިޔަ ތަނުގައި އެކުލަވާފައިވާ މިފަދަ ޑޮކިއުމެންޓްތަކަކީ ހަމައެކަނި ސިފައިންނަށް ފޯކަސް ކޮށްފައިވާ ޑޮކިއުމެންޓްތަކެވެ. މިއީ އިގްތިސާދީ ސިޔާސަތަށް ފޯކަސް ކުރި ފަހަރެވެ.
މި ސިޔާސަތު ތަންފީޒު ކުރުމަށް މަދަނީ އަދި އަސްކަރީ ލީޑަރުން ގުޅިގެން ހިންގާ ޑިޕާޓްމެންޓަކުން ތައްޔާރުކުރާ މި އުސޫލުގެ ތަފްސީލުތައް ސިއްރުވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
މި ސިޔާސަތަކީ އަވަށްޓެރި ގައުމުތަކާއެކު ސުލްހަ ގާއިމް ކުރުމާއި ޕާކިސްތާނަކީ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ މަރުކަޒަކަށް ހެދުމަށް ހުރި ފުރުސަތުތައް ދެނެގަތުމުގެ ބޭނުމުގައި ވަށައި ޖެހޭ ސިޔާސަތެކެވެ.
"ޕާކިސްތާނުން އޮތީ އެގައުމުގެ ޖިއޯ-އިކޮނޮމިކް މުހިންމު ލޮކޭޝަންގެ ބޭނުން ހިފައިގެން، މުދާ އުފެއްދުމާއި ވިޔަފާރިއާއި އިންވެސްޓްމެންޓާއި ދުނިޔޭގެ އެކި ގައުމުތައް ގުޅުވައިދޭ މަރުކަޒެއްގެ ގޮތުގައެވެ." ޕޮލިސީ ޑޮކިއުމެންޓްގައި ބުނެފައި ވެއެވެ.