އިންޑޮނޭޝިއާގެ ޒުވާނަކު ފަސް އަހަރު ވަންދެން ކޮންމެ ދުވަހަކު ނަގާފައިވާ ސެލްފީ ފޮޓޯއިން އޭނާއަށް އެއް މިލިއަން ޑޮލަރު ލިބިއްޖެއެވެ. ކޮމްޕިއުޓިންގެ ދާއިރާއިން ތައުލީމު ހާސިލުކުރާ ސުލްތާން ޣުސްތާފް އަލް ޣަޒާލީއަކީ އިންޑޮނޭޝިއާގެ ސެމަރަންގ ސިޓީގެ ޒުވާނެކެވެ.
އޭނާ ކޮނމެ ދުވަހަކުވެސް ކޮމްޕިއުތަރު ކައިރީގައި އިށީދެ އިންނަ އިރު ނަގާފައިވާ ފޮޓޯ މީޑިއާއަށް ލުމުން، މި ފޮޓޯ ވައިރަލް ވެގެން ދިޔައީ ސެލެބްރިޓީ ޝެފަކު މި ފޮޓޯ އޭނާގެ އެކައުންޓުން އިޝްތިހާރު ކުރުމުންނެވެ.
އޭނާ ބުނާ ގޮތުގައި މި ފޮޓޯތައް ނަގައި ހަދާފައިވާ ކޮލާޖުން އޭނާ ހަދާ ވީޑިއޯ އޭނާގެ ގްރެޖުއޭޝަންގައި ދައްކާލަން އޭނާ ހުރީ ވިސްނައިގެންނެވެ. ނަމަވެސް މި ވީޑިއޯ ވައިރަލްވެގެން މިހާރު މީގެ އަގު މިލިއަން ޑޮލަރަށް އަރާފައި ވެއެވެ.