ޗައިނާގެ ވެރިރަށް ބެއިޖިންގައި އޮލިމްޕިކް ފިނި މޫސުމުގެ ގޭމްސް ބޭއްވުމުގެ ހަފްތާތަކެއް ކުރިން (ކޮވިޑް-19)ގެ ވޭރިއަންޓް، އޮމިކްރޮން ޗައިނާގެ ވެރިރަށް ބެއިޖިންއިން ފުރަތަމަ ފަހަރަށް ފެނިއްޖެއެވެ. މިއީ ރަށު މީހެއްގެ ފުށުން ފެތުރެން ފެށި ފެތުރުމެއް ކަމަށް މަސްއޫލު ފަރާތްތަކުން ބުނެއެވެ.
ބެއިޖިންގގެ ޑިޒީޒް ކޮންޓްރޯލް އޮތޯރިޓީގެ އޮފިޝަލެއް ކަމަށްވާ ޕަންގް ޝިންގްހުއޯ، ނިއުސް ބްރީފިންއެއްގައި ވިދާޅުވި ގޮތުގައި އަލަށް ފެނުނު އިންފެކްޝަނަކީ އޯމައިކްރޯން ސްޓްރެއިން ގެ ބާވަތެއް ކަމަށް ވަނީ ކަށަވަރުވެފަ އެވެ.