ނެދަރލެންޑްސްގެ ރަސްގެފާނުގެ ރަން އަސްގާޑިއާކޮޅު މިދުވަސްވަރު ބޭނުން ނުކުރައްވާނެ ކަމަށް ރަސްގެފާނުގެ ފަރާތްޕުޅުން ނެރެފައިވާ ޝާހީ ބަޔާނަކުން އަންގަވައިފިއެވެ.

250 އަހަރު ވެފައިވާ ޝާހީ އާއިލާގެ ތެރޭގައި ބޭނުން ކުރާ ރަން އަސްގާޑިއަކީ ނެދަރލެންޑްސްގެ އިސްތިއުމާރީ މާޒީ ހަނދާނަށް ގެނެސްދޭ ރަމްޒެއް ކަމުގައި ބުނެ މީހުން ވަނީ ފާޑު ކިޔާފައެވެ. މިއަސް ގާޑިއާ ބާއްވާފައި އޮންނަނީ މިއުޒިއަމްގައެވެ. ނަމަވެސް ބައެއް ރަސްމިއްޔާތުގައި ބޭނުން ކުރެއެވެ.

ވިލިއެމް އެލެގްޒެންޑަރ ރަސްގެފާނު ވިދާޅުވީ މާޒީއަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫނެވެ. ނަމަވެސް މާޒީން އިބްރަތް ލިބިގަނެވިދާނެއެވެ. އަދި ނެދަރލެންޑްސްގެ މާޒީން އިބުރަތް ލިބިގަންނަންވީ ގިނަ ކަންތައްތަކެއްވެސް އެބަ ހުރި ކަމަށެވެ.