އެކެޑެމިކް ކޮލިޓީގެ ގޮތުން ދުނިޔޭގެ އެންމެ ރަނގަޅު 3،000 އިންސްޓިޓިއުޝަންގެ ތެރޭގައި އީރާނުގެ 59 ޔުނިވާސިޓީއެއް ވަނީ ލިސްޓްކޮށްފަ އެވެ. މިލިސްޓް ތައްޔާރު ކޮށްފައި ވަނީ ޔުނިވާސިޓީ ރޭންކިން ބައި އެކެޑެމިކް ޕާފޯމަންސް (ޔޫއާރްއޭޕީ) އިން 2021-2022 ވަނަ އަހަރަށް ނެރެފައިވާ ރިޕޯޓުގައެވެ.

ޔޫ.އާރް.އޭ.ޕީ ރޭންކިންގ ސިސްޓަމްއިން ފޯކަސް ކުރަނީ އެކަޑަމިކް ކޮލިޓީއެވެ. ޔޫ.އާރް.އޭ.ޕީ އިން ވަނީ މި އިލްމީ މަރުކަޒުތައް ގިންތި ކުރުމުގައި 3000 އެއްހާ ހަޔަރ އެޑިއުކޭޝަން އިންސްޓިޓިއުޓްގެ ޑޭޓާ އެއްކޮށްފައެވެ.

3000 އިންސްޓިއުޓްގެ ޑޭޓާ ޕްރޮސެސްކޮށް އޭގެ ތެރެއިން އެންމެ މޮޅު 2500 އިދާރާގެ ޑޭޓާ ވަނީ ހޯދާފައެވެ. އެހެންކަމުން ޔޫ.އާރް.އޭ.ޕީ އަކީ ދުނިޔޭގައި މަތީ ތައުލީމު ދޭ ހުރިހާ އިދާރާތަކެއްގެ ގާތްގަނޑަކަށް 12% ކަވަރުކުރާ، ދުނިޔޭގެ އެންމެ ބޮޑަށް ވަށާޖެހޭ، ޔުނިވަރސިޓީ ރޭންކިންގ ސިސްޓަމްތަކުގެ ތެރޭގައި ހިމެނޭ ސިސްޓަމެކެވެ.

މި ލިސްޓްގައި ހިމަނާފައިވާ އީރާނުގެ ތިން މުއައްސަސާއަކީ 500 އިން ދަށުގެ ގިންތީގައި ހިމެނޭ ތިން މުއައްސަސާ އެވެ. އެއީ ޔުނިވާސިޓީ އޮފް ތެހެރާން، ތެހެރާން ޔުނިވާސިޓީ އޮފް މެޑިކަލް ސައިންސަސް އަދި (ޓީޗަރުން ތަމްރީން ކުރާ) ތަރުބިއްޔަތޭ މުދައްރިސް ޔުނިވާސިޓީ އެވެ.