ދުނިޔޭގައި ނާދިރު މައުދަންތައް ކޮންޓްރޯލު ކުރާ ގައުމަކީ ޗައިނާއެވެ. ހުކުރު ދުވަހު އެމެރިކާގެ ކޮންގްރެސްއަށް ވައްދާފައިވާ ބިލުގެ މަގްސަދަކީ 2026ގެ ފަހުން އަސްކަރީ ސާމާނުތައް އުފައްދާ ފަރާތްތަކުން ޗައިނާއިން ނާދިރު މައުދަންތައް ގަތުން މަނާ ކުރުމެވެ.
ޗައިނާގެ ގްލޯބަލް ޓައިމްސްގައި ބުނެފައި ވަނީ އެމެރިކާގެ މި ބިލްގެ މަގްސަދަކީ ޗައިނާ ކޮންޓްރޯލު ކުރުން ކަމަށެވެ. ނަމަވެސް އެއީކީ އެމެރިކާ ކާމިޔާބު ވާނެ ކަމެއް ނޫން ކަމަށެވެ.
ދުނިޔޭގެ ނާދިރު މައުދަންތަކުގެ 36.7އިންސައްތަ ކޮންޓްރޯލު ކުރަނީ އެމެރިކާއިންނެވެ. އެއީ ގާތްގަނޑަކަށް 44 މިލިއަން ޓަނެވެ.
ދުނިޔޭގެ ނާދިރުމައުދަންތަކުގެ ލިސްޓް 17 އަށް އަރައެވެ. މިއީ ޒަމާނީ ހުރިހައި އާލާތެއް އުފެއްދުމުގައި ބޭނުން ކުރާ ޚާއްސަ މައުދަންތަކެކެވެ.