ޕާކިސްތާން ނޫސްތަކުގެ ޖަމުއިއްޔާއާއި ޕާކިސްތާން ނޫސްތަކުގެ އެޑިޓަރުން ގެ ޖަމުއިއްޔާއާއި އަދި ޕާކިސްތާން ބްރޯޑްކާސްޓަރސް އެސޯސިއޭޝަން އިން ވަނީ މީޑިއާގެ އާމްދަނީއާ ބެހޭ ގޮތުން ޕާކިސްތާން އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗައުދަރީ ކުރެއްވި ޓުވީޓަކި ފޭކް ވާހަކަތަކެއް ކަމަށް ސިފަ ކޮށްފައެވެ.

މި ފަރާތްތަކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފަވާދު ޗައުދަރީގެ ޓުއީޓަކީ ބެލުމެއް ނެތި މީޑިއާ އިދާރާތަކާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތައް ދޭތެރެ ޖެއްސުމަށް ކޮށްފައިވާ މަސައްކަތެއް ކަމުގައެވެ.

ޗައުދަރީ ވިދާޅުވެފައި ވަނީ މީޑިއާ ކުންފުނިތަކުގެ އާމްދަނީ އިތުރު ވެފައިވާ ކަމަށެވެ. އަދި އެހެން ނޫންކަމަށް އެފަރާތްތަކުން ބުނާ ކަމުގައި ވަނީ ނަމަ އެކަމަކީވެސް ވެދާނެ ކަމެއް ކަމަށެވެ. ނަމަވެސް މިކަމުގެ ތެދު ދޮގު އެނގޭނީ، މީޑިއާ ކުންފުނިތަކުން އެމީހުންގެ ހިސާބުކިތާބު ބެލެހެއްޓުން އެތަންތާނގައި މަސައްކަތް ކުރާ ފަރާތްތަކަށް ދެފުށް ފެންނަ ގޮތަށް ހުޅުވާލުމުން ކަމަށެވެ.

އަންގާރަ ދުވަހު މީޑިއާ އެސޯސިއޭޝަންތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، އިންފޮމޭޝަން މިނިސްޓަރުގެ ޓުވީޓަކީ ފޭކް ނިއުސްގެ ލާމަސީލު މިސާލެއް ކަމަށާއި މީޑިއާ ހައުސްތަކާއި މަސައްކަތްތެރިންގެ މެދުގައި ބައިބައިވުން އުފައްދަން މަސައްކަތް ކުރާ ކަމަށް ބެލެވޭ ކަމަށެވެ.