ކޮވިޑް19 ޖެހިގެން ފަރުވާ ދެމުންދިޔަ ދެ މީހަކު މިއަދު މަރުވެއްޖެ އެވެ.

ކޮވިޑުގައި މިއަދު ފުރަތަމަ މަރުވީ ލާމު ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 64 އަހަރުގެ ލ. ފޮނަދުއަށް ނިސްބަތްވާ ފިރިހެނެކެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 6:04 ގަ އެވެ.

މިއަދު ދެވަނައަށް މަރުވީވެސް ފޮނަދުއަށް ނިސްބަތްވާ މީހެކެވެ. އެއީ އުމުރުން 63 އަހަރުގެ އަންހެނެކެވެ. އެމީހާ މަރުވީ ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.

މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 267 އަކަށް އަރާފަ އެވެ.