ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ރޭމްްޕްގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން މީޑީއާތަކަށް މައުލޫމާތު ދެމުން ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރު ކަމަށާއި އެ އުޅަނދަކީ މުވައްޒަފުން އުފުލަން ބޭނުންކުރާ އުޅަނދެއް ކަމަށެވެ.

އެ އެކްސިޑެންޓް ހިންގަން މެދުވެރުވީ އެމްއޭސީއެލްގެ ވެހިކަލެއް ރޭމްޕް މަތީގައި ދުއްވާފައި ދަނިކޮށް ހޮޅި ދަނޑިއެއްގައި ޖެހިގެން ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މި އެކްސިޑެންޓް ހިނގި ވަގުތު ވެހިކަލްގައި ތިބި ދެ މީހަކަށް އެކި ވަރުގެ އަނިޔާވި އެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.