ކޮވިޑް-19 ގައި އައްޑޫ ސިޓީން އިތުރު މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިއަދު 09:00 ހާއިރު އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާ ކަމަށެވެ. މަރުވެފައި ވަނީ އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 268 އަށް އަރާފައެވެ. އަދި މިއީ އައްޑޫސިޓީން ކޮވިޑް-19 ގައި މަރުވި 15 ވަނަ މީހާއެވެ.

މިއަދު ކޮވިޑް-19 ގައި އިތުރު ދެ މަރެއް ރިޕޯޓްކޮށްފައިވެއެވެ.